ތަމްރީނު
ނަންބަރު: (IUL)141-YD/141/2021/332
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 01 ޖަނަވަރީ 2022 00:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"އަވަރ އޯޝަން ކޮންފަރެންސް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                               އިޢުލާން

 

"އަވަރ އޯޝަން ކޮންފަރެންސް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދަ ރިޕަބްލިކް އޮފް ޕަލާއު ގައި 16 އަދި 17 ފެބްރުވަރީ 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ "އަވަރ އޯޝަން ކޮންފަރެންސް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މިއީ، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކުން މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ކޮންފަރެންސް ވެގެންދާނީ ކަނޑުތަކުގެ ރައްކާތެރިކަމަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ޤައުމުތަކާއި، މަދަނީ މުޖުތަމަޢުއާއި، ޞިނާޢަތްތަކާއި، ޒުވާނުން ޢަޒުމް ކަނޑައެޅުމަށް ލިބިގެންދާ މުހިންމު ފުރުޞަތަކަށެވެ.  

 މި ސްކޮލާރޝިޕުން (ފުލީ-ފަންޑެޑް) ލިބިދޭ ކަންތައްތައް:

  • ރިޕަބްލިކް އޮފް ޕަލާއުގެ ދެކޮޅު ޓިކެޓް
  • 13 އިން 20 ފެބްރުވަރީ އަށް ޕަލާއުގައި ހުރުމުގެ އިންތިޒާމުތައް.
  • 16 އިން 17 ފެބްރުވަރީ 2022 އަށް "އަވަރ އޯޝަން ކޮންފަރެންސް 2022" ގައި ބައިވެރިވުން. 

މި ސްކޮލާރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތައް:

  • އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
  • ތިރީގައިވާ ދާއިރާތަކުގެ ތެރެއިން މަދުވެގެން އެއް ދާއިރާއަކުން ރަނގަޅު އަސަރެއްކުރާފަދަ މަސައްކަތެއް ކޮށްފައިވުން.

- ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، މޫސުމާއި އަދި މާހައުލީނިޒާމް ކުރިއެރުވުން.

- ކަނޑު ތަޣައްޔަރު ކުރާ މައްސަލަތައް ހައްލުކުރުން.

- މޫސުމާއި ކަނޑުގެ ކާރިސާތަކުން  އަރައިގަތުމަށް މަސައްކަތްކުރުން.

- ނޫ އިޤްތިޞާދު ދެމެހެއްޓުމަށް މަސައްކަތްކުރުން.

- ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުން.

- ކަނޑުގެ ރައްކާތެރިކަން ޙާސިލްކުރުން.

  މި ސްކޮލާރޝިޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އަދި އޮންލައިން އެޕްލިކޭޝަން ފޯމް ތިރީގައިވާ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

https://www.oneyoungworld.com/scholarships/our-oceans/2022

 މި ސްކޮލާޝިޕަށް އޮންލައިންކޮށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ 01 ޖަނަވަރީ 2022 އެވެ.

   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ޑިސެންބަރު 2021