މަސައްކަތް
ނަންބަރު: (IUL)285-D/285/2021/68
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 04 ޖަނަވަރީ 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބީގައި އަންހެނުންނަށް ޚާއްސަ ފާޚާނާއަކާއި ފެންއިސްކުރުބަރިއެއް ހެދުމާއިބެހޭ.

 

 

އިޢުލާން

މަސްޖިދުލް އައްވާބީގައި އަންހެނުންނަށް ޚާއްސަ ފާޚާނާއަކާއި ފެންއިސްކުރުބަރިއެއް ހެދުމާއިބެހޭ.

                 ހެނބަދޫ މަސްޖިދުލް އައްވާބީގައި އަންހެނުންނަށް ޚާއްސަ ފާޚާނާއަކާއި، ފެންއިސްކުރުބަރިއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލުން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖެނުއަރީ 2022ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވާފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި  މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               22 ޖުމާދަލްއޫލާ 1443

                              26 ޑިސެމްބަރ 2021

                                       

 

                                                              ޙުސައިން އަބޫބަކުރު

                                                          ހެނބަދޫ ކައުންސިލްގެ  ރައީސް

 

 

 

26 ޑިސެންބަރު 2021