ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/433/2021/11
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 23 ޑިސެންބަރު 2021 13:30
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އާކައިވްސް އޮފިސަރ

އިޢުލާނު 

މަޤާމު:

އާކައިވްސް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

02 ( ދެއެއް)

މަޤާމުގެ ގިންތި:

ޤައުމީ އަރުޝީފުގެ ކޮންޓްރެކްޓް (ދާއިމީ)

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، މާލެ، ދިވެހިރާއްޖެ.

މުސާރަ:

މަހަކު 10000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤައުމީ އަރުޝީފުގެ ރެކޯޑްތައް ބަލަހައްޓަން ކަނޑައަޅާފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އާކައިވްގެ ފިޒިކަލް އަދި ޑިޖިޓަލް ރެކޯޑްތައް ބެލެހެއްޓުން.
  2. އާކައިވްގެ ރެކޯޑްތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް އާކައިވަށް ގެނެވޭ ރެކޯޑްތަކުގެ ނަންބަރާއި އިންވެންޓްރީ ބެލެހެއްޓުމާއި ރެކޯޑްތަކުގެ ޙާލަތު ފާހަގަކޮށް އެކަމަށް ބޭނުންވާ ސަޕޯރޓިންގ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. ރެކޯޑްތައް ތަރުތީބުކުރުވައި، ނަންބަރުދިނުމާއި ނަންބަރުދިނުމާއި، ނަންބަރުދިނުމުގެ ސިސްޓަމް ޤާއިމްކުރުމާއި މިކަންކަން ހިންގައިބެލެހެއްޓުން.
  4. އާކައިވްގެ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ބެލެހެއްޓުމާއި އެ އާލާތްކައި ބެހޭގޮތުން ރިޕޯރޓްނަގައި،  މެއިންޓަނަންސްގެ ކަންތައް ފުރިހަމައަށް ބެލެހެއްޓުން.
  5. ނައތާލަންޖެހޭ ރެކޯޑްތައް ނައްތާލުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ނައްތާލުމާބެހޭ މަސައްކަތްތައް ބެލެހެއްޓުން.
  6. ރެކޯޑްތަކުގެ އަރުޝީފީއަގު ކަނޑައެޅުމާއި ދަރަޖަ ކަނޑައެޅުމާއި ދަރަޖަކުރުމަށްޓަކައި ދިވެހިބަހުގެ ރޮގުން ނުވަތަ ދިވެހި ތާރީޚުގެ ރޮނގުން ނުވަތަ އެނޫންވެސް ރޮނގަކުން ކުރައްޖެހޭ ރިސާޗުތައްކުރުމުގައި އެހީތެރިވުން.
  7. އަރުޝީފީ ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތްދިނުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް ނިންމާ ނިންމުންތައް ތަންފީޒުކޮށް ޚިދުމަތްދޭން ޖެހޭ ފަރާތްތައް އެ ޚިދުމަތް ދިނުން.
  8. އޮފީސް ޕްރޮމޯޓް ކުރުމަށްޓަކައި، ހިންގަންޖެހޭ މީސްމީޑިއާގެ ހަރަކާތްތަކާއި އެހެނިހެން ކަންކަން ރާވައިހިންގުމާއެކު އަމަލީގޮތުން އެކަންކަންކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ (https://archives.gov.mv/mv/data/forms)  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  4. ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި މުއްދަތާއި، ކުރި މަސައްކަތް އެނގޭނޭ ލިޔުންތައް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް  35%
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 15%
  3. އިންޓަރވިއު50%  
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 25% އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޑިސެންބަރު  2021ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (ހ. ކެލީތިއާ ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް :ހ[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނަ މުއްދަތު އިތުރު ކުރެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލް އޮންނަ ނަމަ، އޮންނަ އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެކްޓިކަލްސް   އޮންނާނީ  28 ޑިސެންބަރު 2021 އާއި 10 ޖަނަވަރީ 2022 އާއި ދެމެދު، އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"، އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010931އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

16 ޑިސެންބަރު 2021