ދިވެހިރާއްޖެ
ޕަބްލިކް ހިއަރިންގ ކޮންސަލްޓަންޓް
ތާރީޚް: 26 ޑިސެންބަރު 2021
ނަންބަރު:IUL)486-AP/1/2021/1036)
އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ނަންބަރ: 486/1/2021/1034(IUL) 06 ޑިސެންބަރު 2021 ގައި ކުރެވުނު އިއުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން މިމަޤާމަށް ކުރިމަތިލާފައިނުވާތީ، މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މަޤާމް |
ޕަބްލިކް ހިއަރިންގ ކޮންސަލްޓަންޓް |
މުއްދަތު |
02 (ދޭއް) މަސް ދުވަސް |
ބޭނުންވާ އަދަދު |
01 (އެކެއް) |
މި މަޤާމުގެ ޝަރުޠުތަކާއި، މަސްޢޫލިއްޔަތުތައް ހިމެނޭ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމަށް އެދި ހުށަހެޅުން
މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
- ކުރިންކޮށްފައިވާ މި ބާވަތުގެ މަސައްކަތްތައް ދަލީލުކޮށްދޭ ރިފަރެންސް ސިޓީ (މަސައްކަތްކޮށްދިން އިދާރާ، މަސައްކަތްކޮށްދިން މުއްދަތު އަދި ކުރި މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އެހެނިހެން:
- މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 5 ފަރާތެވެ.
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
- މި މަޤާމަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ދިވެހިންނަށެވެ.
- މަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
22 ޖުމާދުލްއޫލާ 1443