ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2021/72
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި:
06 ޖަނަވަރީ 2022 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން:
|
ސީނިއަރ ބަޖެޓް އޮފިސަރ
|
ރޭންކް:
|
MS1/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
ބަޖެޓް ސެކްޝަން
|
ކްލެސިފިކޭޝަން
|
އޮފިސަރ / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮންމެ މަހެއް ނިމުމާއެކު އެމަހެއްގެ ތެރޭގައި ކުރެވިފައިވާ އެންމެހާ ޚަރަދުތަކާއި، ބަޖެޓަށް ގެނެވިފައިވާ ބަދަލުތައް ރިކޮންސައިލްކޮށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކާއި އޮފީހުގެ ހިސާބުތައް ބެލެންސްކުރަމުން ގެންދިއުން.
- ކޮންމެ އަހަރެއް ނިމުމާއެކު އެ އަހަރެއްގެ މާލީ ހިސާބުތައް މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވުން.
- ކަމާބެހޭ ސެކްޝަނުން އޮފީހުގެ އަހަރީ ރިޕޯޓް ހޯދައި، މާލީ ހިސާބުތަކާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ސެކްޝަން / ޑިޕާޓްމަންޓްގެ ވެރިޔާ ހަވާލުކުރާ މަސައްކަތްތައްކުރުން.
- ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސީލިންގއަށް ލަފާކުރާ ބަޖެޓް ފެއްތުމާއެކު، ސެޕް ސިސްޓަމް މެދުވެރިކޮށް ލަފާކުރާ ބަޖެޓް އެމިނިސްޓްރީއަށް ހުށަހެޅުން.
- ސެޕް ސިސްޓަމުގެ ތެރެއިން ލިބިފައިވާ ބަޖެޓްގެ އެއްކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރުމާއި، އެޑްވާންސް ފަންޑުން ފައިސާ ހޯދުމުގެ ކަންތައް ސެކްޝަން / ޑިޕާޓްމަންޓްގެ ވެރިޔާގެ އިރުޝާދުގެ ދަށުންކުރުން.
- ސެޕް ސިސްޓަމުން އެޕްރޫވްކޮށް، ބަޖެޓުގެ އެއްކޯޑުން އަނެއްކޯޑަށް ބަދަލުކުރާ ފައިސާއާއި އެޑްވާންސް ފަންޑުން ރިލީޒްކުރާ ފައިސާ ސިމް ވައުޗަރ ސިސްޓަމަށް އެންޓަރކުރުން.
- ބިލުތަކަށް ފައިސާ ދެއްކުމަށްޓަކައި ސިމް ސިސްޓަމުން ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ސޮއިހަމަކޮށް، ވައުޗަރތައް ސްކޭންކޮށް ރީނޭމްކޮށް ކަމާބެހޭ ފޯލްޑަރތަކުގައި ތަރުތީބުކޮށް، ސެޕް ސިސްޓަމަށް އެންޓަރކުރުން.
- ކޮންމެ އަހަރެއް ފެށުމާއެކު ވީއެންމެ އަވަހަކަށް ސިމް ވައުޗަރ ސިސްޓަމަށް އެއަހަރަށް ލިބުނު ބަޖެޓް އަޅައި ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް އެޚިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށް ގެނައުން.
- ފައިސާ ނަގަންޖެހޭ ވައުޗަރތަކުގެ ތެރެއިން ނިމޭ ވައުޗަރތައް މަދުވެގެން ހަފުތާއަކު އެއްފަހަރު ބަލައި، އޮފީހަށް ގެންނަންޖެހޭ ފައިސާ ގެނެސް އެފައިސާއެއް ލިބެންޖެހޭ ފަރާތާ ލިޔުމުން ހަވާލުކުރުން، ނުވަތަ ތިޖޫރީ ބަލަހައްޓާ މުވައްޒަފާ ލިޔުމުން ހަވާލުކުރުން.
- ބޭރު ފައިސާއިން ޚަރަދުކުރެވޭ ވައުޗަރތަކާ ގުޅިގެން އެމް.އެމް.އޭ. އިން އަންނަ ޑެބިޓްނޯޓްތައް ކަމާބެހޭ ވައުޗަރތަކާ އެޓޭޗްކޮށް، ސިމް ސިސްޓަމުން އެވައުޗަރގައިވާ ދިވެހި ފައިސާގެ ޢަދަދު ޑެބިޓް ނޯޓްގައިވާގޮތަށް އިޞްލާޙުކުރުން.
- ބަޖެޓް ސެކްޝަންގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.
|
އުޖޫރަ:
|
މަހަކު 9,550 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500/- ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ފޯމް ފޮނުވަންވީ ތާރީޚް: 27 ޑިސެންބަރު 2021 އިން 6 ޖަނަވަރީ 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 6 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް.
- ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް
https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)