ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2021/333
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 15 ޖަނަވަރީ 2022 12:31
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އުތުރު ފަރާތު ފަޅުތެރެ ބޭނުންކުރުމުގެ އުޞޫލަށް ބަދަލުތަކެއް ގެނައުމާ ގުޅޭޭ.

މާލޭ އުތުރު ފަރާތު ބޭންކު އޮފް މޯލްޑިވްސް ކުރިމަތި 05 ނަމްބަރ ފާލަމުން ފެށިގެން ހުޅުމާލެ ފެރީޓަރމިނަލް އާއި ދެމެދު  ޒޯން 1 އަދި ޒޯން 2 ހިމެނޭ ފަޅުގެ ސަރަހައްދު ބޭނުންކޮށް ފަސިންޖަރުން އަރުވާ ބޭލުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ އުޅަނދުފަހަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އެސަަރަހައްދުގެ ފަޅުތެރެއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަށް މިކައުންސިލުން ނިންމާފައި ވުމާއެކު މިހާރު އެސަރަހައްދު ބޭނުންކުރުމަށް އުޅަނދުފަހަރަށް ދޫކުރަމުންގެންދާ ފަޅުހުއްދަ ދޫކުރުން 2022 ޖަނަވަރީ 31 ވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

         މިގޮތުން މަސްވެރިންގެ މައިޒާނުގެ އިރުން ނަސަންދުރަ ކުރިމަތިން ޒޯން01 ގައި އަޅާފައިހުރި އުޅަނދު ފަހަރާއި،މަސްވެރިންގެ މައިޒާނުގެ ހުޅަނގުން ބޭންކު އޮފް މޯލްޑްސް ކުރިމަތިން އޮންނަ ފާލަމުގެ ހުޅަނގު ކަނާ ދެމެދު ޒޯން02 ގައި އަޅާފައި ހުރި އުޅަނދުތައް  31 ޖަނަވަރީ 2022 ވަނަ ދުވަހުގެ 18:00 ގެ ފަހުން އެސަރަހައްދުގައި އަޅާފައި ނުބޭއްވުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

26 ޑިސެންބަރު 2021