މަސައްކަތް
ނަންބަރު: GS106/IUL/2021/021
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 28 ޑިސެންބަރު 2021 13:00
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

(2 ވަނަ އިޢުލާން)

މި ސްކޫލުގެ ނަންބަރު: GS106/IUL/2021/020 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން ބީލަމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، 1 ޖެނުވަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 28 ޑިސެމްބަރ 2021 (އަންގާރަ)

ތާރީޙް: 29 ޑިސެމްބަރ 2021 (ބުދަ)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް)

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި  ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2021