ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2021/458
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:56
ސުންގަޑި: 05 ޖަނަވަރީ 2022 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

އިޢުލާން

ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން

 

 

ޤާނޫނު ނަންބަރ 03/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި, ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ އެކުލަވާލެއްވި ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަންކިޔުމާއި ނައްތައިލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ކައުންސިލްގައި ހުރި ބައެއް ވެހިކަލްތައް ނީލަންކިޔަން ހަމަޖެހިފައިވާތީ، އެތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންވާ އޮފީސްތަކުން  05 ޖަނަވަރީ 2022 ވާ  ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ދުވަހުގެ ކުރިން  މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. އީމެއިލް: [email protected]

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ޖުމާދަލްޢޫލާ 1443

22 ޑިސެންބަރު 2021