މަސައްކަތް
ނަންބަރު: (IUL)297-EP/297/2021/116
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 28 ޑިސެންބަރު 2021 11:30
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ މަސްޖިދުލް ޢަދާލާ ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ. (Bid proposal form updated)

(IUL)297-EP/297/2021/116ނަންބަރު

 

އިޢުލާން

މަަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނ.ވެލިދޫ މަސްޖިދުލް ޢަދާލާގެ 5248 އަކަފޫޓުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)297-AD/297/2021/101 އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިކަމަށް ބޭނުންވާ ފިއްސާއި ކުލަ ދޭނީ ކައުންސިލް އިދާރާއިންނެވެ.

މިކަމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މިފަދަ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާނަމަ އެކަމުގެ ލިޔުމާއި ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ.

 

މާކްސް ދެވޭނެގޮތުގެ ތަފްސީލް

ޕަސެންޓޭޖް

ޚިދުމަތުގެ އަގު

80%

މަސައްކަތުގެ ތަޖުރިބާ

10%

މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތު

10%

 

 

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

16 ޖުމާދަލްޢޫލާ 1443

20 ޑިސެމްބަރ 2021

20 ޑިސެންބަރު 2021