ދިވެހިރާއްޖެ
އިމާމް
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް
ވަޒީފާއަދާކުރަންޖެހޭ ތަން: ގުޅީފަޅު
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- މަޤާމު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ހުކުރު ނަމާދު ކުރުމުގެ ހުއްދަ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ގުޅީފަޅު މިސްކިތުގައި އިމާމުވެ ނަމާދު ކުރުމާއި އަދި އިމާމްގެ އެންމެހާ ޒިންމާތައް އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދާކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ގުޅީފަޅު މިސްކިތުގައި ފަރުޟު ފަސް ނަމާދު އިމާމުވެކުރުން.
- ހުކުރު ޚުތުބާ ކިޔުމާއި ހުކުރު ނަމާދު އިމާމްވެކުރުން.
- ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމްވެކުރުން.
- ޢީދު ނަމާދު އިމާމްވެކުރުމާއި ޚުތުބާކިޔުން.
- އިމާމުވެ ނަމާދުކުރެވޭ މިސްކިތުގެ ސާފުތާހިރުކަން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް އަންގަންޖެހޭ ފަރާތްތަކަށް އަންގާ ހައްލުކުރުމަށް މަސައްކަތްކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ރަނގަޅަށް މުއާމަލާތް ކުރަން ދަންނަ ފަރާތަކަށްވުން.
- އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުން.
- އިތުބާރުކުރެވޭފަދަ ފަރާތަކަށްވުން.
މުސާރަ: 12500.00 އާއި 14000.00ރ ދެމެދު
.....................................................................................................................................................................................................
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.
ލިންކު: (https://jobs.hdc.com.mv/)