ބީލަން
ނަންބަރު: (IUL)321/321/2021/204
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 30 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑްޔޫޒް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިންދޭ މަޢުލޫމާތާއި، ހައުސިންގ މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ބ. ތުޅާދޫގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ބީލަންހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަޢުވަތުއަރުވަމެވެ.

މިޕްރޮޖެކްޓަށް ބީލަންހުށަހެޅޭނީ ޕާޓްނަރޝިޕް ޤާނޫނުގެދަށުން ރަޖިސްޓުރީކުރެވިފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވްސޮސައިޓީގެ ޤާނޫނުގެދަށުން ރަޖިސްޓުރީކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެދަށުން ރަޖިސްޓުރީކުރެވިފައިވާ އަމިއްލަފަރުދުންގެ ވިޔަފާރިތަކަށެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2021 ޑިސެންބަރު 26 އިން 2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރާނީ އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހަޅުއްވައިގެން ނުވަތަ މިއިދާރާގެ ރަސްމީ އީމެއިލް [email protected] އަށް މެއިލްކޮށްގެންނެވެ. މެއިލް ކުރުމަށްފަހު އެމެއިލް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ. މިފޯމު މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މި އިދާރާގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 ށެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  • ބީލަމާގުޅޭގޮތުން އިތުރުމަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 2021 ޑިސެންބަރު 26 ން ފެށިގެން 2021 ޑިސެންބަރު 30 ވާ ބުރާސްފަތިވަހުގެ 13:00 އާ ދެމެދު [email protected] އަށް އީމެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
  • މިކަމާ ގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.
  • ބީލަންހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.  އެފަދަ ސިޓީއެއްނެތި ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
  • މިމަސައްކަތާގުޅޭ މަޢުލޫމާތު މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޑިސެންބަރު 2021