ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2021/64
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: އެސިސްޓެންޓް އޮފިސަރ، އެޑްމިން |
- މުސާރަ (މަހަކު) : -/5,820 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/1,940 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/1,940 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިން ޔުނިޓް |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަޖީ.ސީ.އީ.އޭލެވެލް / މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
· ޖީ.ސީ.އީ.އޭލެވެލްގެ އިނގިރޭސި އަދި ދިވެހި ހިމެނޭހެން 3 މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. މި ކޯޕަރޭޝަނުގެ އެޗް.އާރް އެންޑް އެޑްމިން ސެކްޝަނުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން. ށ. މި ކޯޕަރޭޝަނުގެ ރިސެޕްޝަނަށްއަންނަފޯންކޯލްތަކަށް ޖަވާބުދާރީވުމާއިއޮފީހަށްޒިޔާރަތްކުރާފަރާތްތަކަށްހިދުމަތްދިނުން އަދިރިސެޕްޝަންގައިކުރަންޖެހޭއެންމެހާމަސައްކަތްތައްކުރުން. ނ. އޮފީހަށްލިބޭސިޓީއަދިއެހެނިހެންލިޔުންތަކުގެ އެންޓްރީ އުސޫލާ އެއްގޮތަށް ހެދުމާއި، ޙަވާލުކުރަންޖެހޭފަރާތްތަކަށްދުވަހުންދުވަހަށްޙަވާލުކުރުން. ރ. މިކޯޕަރޭޝަނުގެޖެނަރަލްއީމެއިލްއަށްއަންނައީމެއިލްތައްޗެކްކޮށް،މެއިލްތައްފޮނުވަންޖެހޭފަރާތްތަކަށްފޮނުވުމާއިޖަވާބު ދޭންޖެހޭ ޖެނަރަލްމެއިލްތަކަށްޖަވާބުދާރީވުން. ބ. ދުވަހުން ދުވަހަށް އީ-ގަވް ޗެކް ކުރުމާއި، އީ-ގަވްއިން ލިބޭ ސިޓީ ފަދަ ލިޔެކިޔުންތައް ގަވައިދުން އެންޓްރީ ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން. ޅ. ސެކްޝަންގެސިޓީ ، ނޯޓްއަދިއެހެނިހެންލިޔުންތައްތައްޔާރުކޮށްފޮނުވަންޖެހޭފަރާތްތަކަށްފޮނުވުން. ކ. ކޯޕަރޭޝަނުގެޔައުމިއްޔާދުވަހުންދުވަހަށްތައްޔާރުކޮށްފައިލްކުރުން. އ. ބިލުތަކަށް ފައިސާ ދެއްކުމަށް، ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދޭންޖެހޭ ސަރވިސް ކޮންފަރމޭޝަންތައް ތައްޔާރުކޮށް ހަވާލުކުރުން. ވ.ކޯޕަރޭޝަންގެފަރާތުންރާވާހިންގާއެކިއިވެންޓްތަކުގައިޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެޚިދުމަތްތަކާގުޅުންހުރިކޯޕަރޭޝަނުންއަންގާއެންމެހައިކަންކަމުގައިޢަމަލީގޮތުންބައިވެރިވެއެކަންކަންކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 30 ޑިސެމްބަރ 2021 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރުގުޅޭނެ ނަންބަރު އެނގޭނެގޮތަށް. ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ(އެޓެސްޓް ކުރެވިފައިވާ) ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ. އ. ޕޮލިސް ރިޕޯޓް |
|
5. އިތުރު މަޢްލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |