ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2021/371
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:37
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން ހައްދުންމަތި (ލ އަތޮޅު) ގެ 6 ސަރަހައްދެއް ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖެއްސުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ ހަވާލާދީ، މި މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 23 ޑިސެންބަރު 2021 އިން ފެށިގެން ލ. ގަމު ބޮޑަ ފެންގަނޑު ސަރަހައްދާއި ލ. މާބައިދޫ ކޯރާއި ފުށި ކަނޑު ސަރަހައްދާއި ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދާއި ލ.ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދާއި ލ.ގާދޫ – ހިތަދޫ ކަނޑު ސަރަހައްދާއި ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ (ގަވައިދު ނަންބަރު: 2018/R-78) ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު ގައިވާގޮތުގެ މަތިންނެވެ. މިސަރަހައްދުތަކާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށްފައިވާނެއެވެ.

23 ޑިސެންބަރު 2021