ދިވެހިރާއްޖެ
2022 ވަނައަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި ކުރި މިމަދަރުސާގެ ނަމްބަރު: GS33/IUL/2021/15އިޢުލާނާއި، ގުޅިގެން ބިޑް ހުށަހެޅުއްވުމަށް ވަޑައިގެންނެވީ 2 ފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާތިލްކޮށް 01 ޖެނުއަރީ 2022 ން ފެށިގެން 31 ޑިސެމްބަރ 2022ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އެކަމަށް އިޢުލާން ކުރަމެވެ.
- މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 23 ޑިސެމްބަރ 2021 އިން 27 ޑިސެމްބަރ 2021 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން.
- މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
- މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2022 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ބިޑް ހުށަހެޅުން އޮންނާނީ 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޑިސެމްބަރ 2021 ވަނަދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
19 ޖުމާދަލް އޫލާ 1443ހ.