ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/2021/57
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:31
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ޖެޓީގެ އިރުއުތުރު ރުއްގަނޑު ކުއްޔަށް ދިނުމާ ގުޅޭ

އިޢުލާން

ކިނބިދޫ ޖެޓީގެ އިރުއުތުރު ރުއްގަނޑު ކުއްޔަށް ދިނުމާ ގުޅޭ

ކިނބިދޫ ޖެޓީގެ އިރު އުތުރު ފަރާތުގައި އޮތް ރައްޔިތުންގެ ރުއްގަނޑު( ފޯދިފައިހުރި 10 ރުއް ) ސިޓީލާ ބީލަމުގައި ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެގްރިމެންޓް ކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ބީލަން ފެށޭ އަގަކީ -/150ރ (ސަތޭކަ ފަންސާސް ރުފިޔާ) އެވެ. ބީލަމަށް އަގު ހުށަހަޅާ ކޮންމެ ފަހަރަކު މަދުވެގެން -/25ރ (ފަންސަވީސް ރުފިޔާ) އިތުރުކުރަން ވާނެއެވެ.

 އެގޮތުން މި ބީލަމަށް ހުށަހެޅޭ އެންމެ މަތީ އަގު ކައުންސިލް އިދާރާގެ ނޯޓިސްބޯޑުން ފެންނަން އޮންނާނެއެވެ. ވިދިވިދިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެފަރާތަކަށް ބީލަން ނިންމާލެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯނު ނަންބަރު 6780755 އަށް ގުޅުއްވުން އެދެމެވެ.

 ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ލިޔުމަކުން އެކަން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 19 ޖުމާދަލްއޫލާ  1443

 23  ޑިސެމްބަރ 2021

23 ޑިސެންބަރު 2021