މަސައްކަތް
ނަންބަރު: GS170/IUL/2021/13
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 04 ޖަނަވަރީ 2022 11:00
ދަރަނބޫދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިސްކޫލްގެ ސެކިޔުރިޓީ  ޖެނުއަރީ 2022 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް   ކުރެވުނު އިޢުލާން ނަންބަރ: GS170/IUL/2021/11 ( 05 ޑިސެމްބަރ 2021) އިޢުލާނާ ގުޅިގެން ހުށަހަޅާ ފައިވާ އެސްޓިމޭޓްގެ އަގުބޮޑު ކަމަށްފެންނާތީ  އެއިޢުލާން ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2021 ޑިސެންބަރ 23 އިން 2021 ޑިސެމްބަރ 29 އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2021  ޑިސެމްބަރ 30 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލްގައެވެ.

 ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 04 ވާ ހޯމަ ދުވަހުގެ 11:00 ގައި ދަރަނބޫދޫ ސްކޫލް ގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ  [email protected] އެވެ.

23 ޑިސެންބަރު 2021