ދިވެހިރާއްޖެ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ
ނަމްބަރު: GS07/IUL/2020/026
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!
1- މިމަދަރުސާގެ ސެކިއުރިޓީ 01 ޖެނުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެންބަރު 26 ވާ އާދިއްތަ ދުވަހުގެ09:00ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
5- ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 29 ވާ ބުދަ ދުވަހުގެ09:00 ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު، ނ.ވެލިދޫ، ދިވެހިރާއްޖެ.
ފޯން: 6560019
އީ-މެއިލް: [email protected]
މިމަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މިމަދަރުސާގެ ނަމްބަރު GS07/IUL/2021/023އިއުލާނާގުޅިގެން ހުށައަޅަފައިވާ އަގަކީ މިމަސައްކަތްކުރުމަށް އެކަށީގެންނުވާ އަގެއްކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.
ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޖުމާދިލްއޫލާ 1443
23 ޑިސެންބަރު 2021