ޢާންމު މަޢުލޫމާތު
ނަންބަރު: 411-B/IUL/2021/19
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 00:09
ސުންގަޑި: 28 ޑިސެންބަރު 2021 13:30
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރޑް ޕްރިންޓަރަކާއި އެންކޯޑަރއެއް ގަތުމާބެހޭ

އިޢުލާން

 

ކާރޑް ޕްރިންޓަރަކާއި އެންކޯޑަރއެއް ގަތުމާބެހޭ

 

މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންގެ ކާރޑް ޕްރިންޓަރަކާއި އެންކޯޑާރއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް  [email protected]  ނުވަތަ [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ބީލަންފޮތް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 28 ޑިސެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން [email protected]  ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        18  ޖުމާދަލްޢޫލާ   1443 

                        22  ޑިސެމްބަރ   2021         

22 ޑިސެންބަރު 2021