ޢާންމު މަޢުލޫމާތު
ނަންބަރު: ު: (IUL)305-ME305/305/2021/90
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 28 ޑިސެންބަރު 2021 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން

 

އިޢުލާން

 

ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން

 

މިއިދާރާގެ ނަންބަރު: (IUL)305-MS305/305/2019/75 (06 އޯގަސްޓް 2019) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

 ރ.މާކުރަތު  އުތުރުފަރާތު ބަނދަރު ސަރަހައްދުގައި މިކައުންސިލުގެ ހުއްދައަކާނުލާ ތަފާތު މުދަލާއި އެހެނިހެން ތަކެތި ބަހައްޓާ ނުނަގާ ހުންނަތާ ގިނަދުވަސްވެފައި ހުންނަކަން ވަނީ ފާހަގަވެފައެވެ. އަދި މިފަދަ ތަކެތި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫވަމުންދާ ވާހަކަ ދެންނެވީމެވެ.

 މިހެންކަމުން  މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (28 ޑިސެމްބަރ 2021 ގެ ނިޔަލަށް) ބަނދަރުގައި ހުރި ތަކެތި ނަގާ ސާފުކުރުމަށް އެންގީމެވެ. މިމުއްދަތު ހަމަވާއިރު  ނުނަގާ ހުރި ތަކެތި މިކައުންސިލުގެ ފަރާތުން ނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި ކައުންސިލްގެ ހުއްދައަކާ ނުލާ ތަކެތި ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ،  މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޖުމާދަލް ޢޫލާ 1443

22 ޑިސެންބަރު 2021