ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2021/24
އިއުލާން |
ފ.ފީއަލީ އުތުރު ފަރާތު ކުނިގޮނޑު ކޮންޓްރެކްޓް އުސޫލުން ބެލެހެއްޓުމާއި އަދި ފ.ފީއަލީ ގަބުރުސްތާނު ކޮންޓްރެކްޓް އުސޫލުން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ފ.ފީއަލީ އުތުރު ފަރާތު ކުނިގޮނޑު ކޮންޓްރެކްޓް އުސޫލުން ބެލެހެއްޓުމާއި އަދި ފ.ފީއަލީ ގަބުރުސްތާނު ކޮންޓްރެކްޓް އުސޫލުން ސާފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށަހަޅާ ބިޑްފޯމް އަދި މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތަނާއި ގަޑި: ފ.ފީއަލީ ކައުންސިލްގެ އިދާރާ، 2021 ޑިސެމްބަރ 29 ވާ ބުދަ ދުވަހުގެ 11:00
ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރާގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ ގަބުރުސްތާނު ސާފުކުރުން އަދި ކުނިގޮނޑު ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
މި އިއުލާނާއެކު މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.
1443 E 18
22 ޑިސެމްބަރ 2021
މޫސާ އަޙުމަދު
ފީއަލީ ކައުންސިލްގެ ރައީސް