ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލް އިދާރާގެ ސަރވިސް ޗާޓަރ
ތަޢާރަފް:
މި ސަރވިސް ޗާޓަރއަކީ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް އެކުލަވާލާފައިވާ ސަރވިސް ޗާޓަރއެކެވެ.
ވިޝަން:
ޗާލު މަތިވެރި
މިޝަން:
ޗާލު މަތިވެރިއަކީ ދީނަށް ލޯބިކުރާ، އެއްބައިވަންތަ އުޚުއްވަތްތެރި، ހިތްހެޔޮ، ތަހުޒީބުވެފައިވާ ނަމޫނާ ރައްޔިތަކު އުޅޭ ރަށަކަށްވުމެވެ. ރަށުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، މޫދާއި ކަނޑުފަޅުތަކާއި، ފެހިކަމުން ފެހިވެފައިވާ ގުތުރަތީ ޗާލުކަން އެގޮތުގައި ދަމަހައްޓައި ހިތްގާމު ޗާލު ރަށަކަށްވުމެވެ. އިޤްޠިޞާދީ ފަހި ފުރުޝަތުތަކަށް ހުޅުވާލެވިފައިވުމާއެކު، އެކަމުގެ ނަފާވެރިކަމުން ފުދުންތެރިކަން ރައްޔިތުންނަށް ލިބިގެންދިއުމެވެ.
ރަށު ކައުންސިލުގެ މަސްޢޫލިއްޔަތު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މިޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ޚިދުމަތްތައްދިނުން.
- ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭންއެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.
- ރަށުކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަސްރޫޢު ތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒު ކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަސްރޫޢްތައް މިޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒު ކުރުން.
- ތަރައްޤީގެ އެކިއެކި މަޝްރޫޢްތައް ހިގާނުހިގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްޤީގެ މަސްރޫޢްތައް ތަންފީޒް ކުރުމުގައި އަތޮޅު ކައުސިލަށް ޖަވާބިދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާއިދުން ރިޕޯޓް ހުށައެޅުން.
- މިޤާނޫނުގެ ދަށުން ރަށުކައުންސިލަށް ލިބިދީފައިވާ ބާއި މަސްއޫލިއްޔަތު އަދާ ކުރުމައްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާއިގުޅޭ ޤަވާޢިދު ހަދައި ހިންގުން.
- މިޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމައްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
- ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަޞީލަތްތައް ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި ފަޅު ހޯދުމާއި މިލްކު ކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި މިފަދަ އިންވެސްޓްމަންޓަތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުން.
- އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާއިބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލު ކޮށްފައިވާ ފަޅާއި، ބިން އެކި ބޭނުމަށް ކުޔަށް ދޫކުރުމާއި ދިނުން.
- އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކު ކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މިޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
- ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
- ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލުން މެދުވެރިވެގެން ދޭޚިދުމަތްތަކަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފީ ކަނޑައެޅުމާއި ފީނެގުން.
- މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާއްމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެނަމަ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.
- ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކުފަދަ ޢާއްމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލު ކުރުން.
- ރަށުގެ މަގާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
- ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުން ކުރުން.
- ދިވެހި ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
- ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމް ކުރުމައްޓަކައި ފުލުހުންނާ ގުޅިގެން ކެރެވެންހުރި އެންމެހައި ކަންކަން ކުރުން
- ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭނަމަ އެކަމެއް ތަޙްޤީގު ކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން
- ރަށު ކައުންސިލްގެ އިދާރާ ހިންގުން
- ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
- ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ގުޅިގެން މަސައްކަތްކުރުން
- ނަޒާހަތްތެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
- ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް )ހަމަހަމަކަމާއި އެކު) އިސްކަންދީގެން ޚިދުމަތް ދިނުން.
- ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޚާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.
- ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.
ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް
# |
ޚިދުމަތްތައް |
ޚިދުމަތުގެ ފެންވަރާއި މުއްދަތު |
އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން |
||
1 |
އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން |
|
އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. |
||
2 |
އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. |
|
އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން |
||
3 |
އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން |
|
އައި.ޑީ.ކާޑު ހެދުން |
||
4 |
އައި.ޑީ.ކާޑު ހެދުން |
|
65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން |
||
5 |
65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން |
|
އެކަނިވެރިމައިންގެ ފޯމު ފޮނުވުން |
||
6 |
އެކަނިވެރިމައިންގެ ފޯމު ފޮނުވުން |
|
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން |
||
7 |
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުފޮނުވުން |
|
ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން |
||
8 |
ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން |
|
މަރުވާ މީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން |
||
9 |
މަރުވާ މީހުން ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން |
|
އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ ) |
||
10 |
އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން (އަލަށް އުފަންވާ ކުދިންގެ) |
|
އުފަންދުވަހުގެ ސެޓްފިކެޓް ، ރަޖިސްޓްރީ ހެއްދުން ( އަލަށް އުފަންވާ ކުދިން ފިޔަވައި ) |
||
11 |
އުފަންދުވަހުގެ ސެޓްފިކެޓް ، ރަޖިސްޓްރީ ހެއްދުން (އަލަށް އުފަންވާ ކުދިން ފިޔަވައި) |
1.1 އަލަށް ހެދުމަށް------------------------------------------------50.00 ރުފިޔާ 1.2 ގެއްލިގެން ހެދުމަށް-------------------------------------------150.00 ރުފިޔާ 1.3 އާކުރުން/މަޢުލޫމާތު ބަދަލުވުން-----------------------------------50.00 ރުފިޔާ
|
ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ދަފްތަރު ކުރުން |
||
12 |
ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ދަފްތަރު ކުރުން |
|
ރަށްވެހިކަން ބަދަލު ކުރުން |
||
13 |
ރަށްވެހިކަން ބަދަލު ކުރުން |
|
ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން |
||
14 |
ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން |
|
ނަން ބަދަލުކުރުން ( 10 އަހަރުން މަތި ) |
||
15 |
ނަން ބަދަލުކުރުން (10 އަހަރުން މަތި) |
|
ނަން ބަދަލުކުރުން ( 10 އަހަރުން ދަށް ) |
||
16 |
ނަން ބަދަލުކުރުން (10 އަހަރުން ދަށް) |
|
ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން |
||
17 |
ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން |
-ހުކުރު ،އީދު، އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖައްސައި، ހުކުރު، އީދު، އަދި ކޭތަ ނަމާދު އޮންނަ ދުވަހުގެ 01ދުވަސް ކުރިން އެފަރާތްތަކަށް އަންގާ ސޮއިކުރުވައި ޚުތުބާ ހަވާލުކުރުން. |
ވަޒީފާއަށް އެދި ހުށަހެޅުން |
||
18 |
ވަޒީފާއަށް އެދި ހުށަހެޅުން |
|
އެސްޓިމޭޓާއި،ބީލަން ހުށަހެޅުން.
|
||
19 |
އެސްޓިމޭޓާއި، ބީލަން ހުށަހެޅުން. |
|
ފައިސާ ބަލައިގަތުން |
||
20 |
ފައިސާ ބަލައިގަތުން |
|
ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން |
||
21 |
ކުނިމެނޭޖު ކުރުމަށް ރަޖިސްޓްރީ ކުރުން |
|
ޓޫރިސްޓްހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން |
||
22 |
ޓޫރިސްޓް ހޮޓާ، ގެސްޓް ހައުސް، ހޯމްސްޓޭކޮޓަރި، އަދި މޫދުކޮޓަރި (ވޯޓަރވިލާރޫމްތައް)، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން |
|
ފަރުދުންގެ ވިޔަފާރި ދަފްތަރު ކުރުން |
||
23 |
ފަރުދުންގެ ވިޔަފާރި ދަފުތަރު ކުރުން |
|
މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން |
||
24 |
މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން |
|
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން. |
||
25 |
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅު ލީ އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވުމަށް ކަނޑައަޅާ ގަރާޖް ހުއްދަ ދޫކުރުން. |
|
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން |
||
26 |
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން |
|
ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން |
||
27 |
ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާވޭކުރުން |
|
ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން |
||
28 |
ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން |
|
ގޯތީގެ އިންވަކިކުރުން |
||
29 |
ގޯތީގެ އިންވަކިކުރުން |
|
ގޯތީގެ ރަޖިސްޓަރީ ހެއްދުން |
||
30 |
ގޯތީގެ ރަޖިސްޓަރީ ހެއްދުން |
|
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ) |
||
31 |
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ) |
|
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން) |
||
32 |
އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން) |
|
މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން |
||
33 |
މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން |
|
މަގު ބަންދުނުވާގޮތައް ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރުން |
||
34 |
މަގު ބަންދުނުވާގޮތައް ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރުން |
|
މަގު ކޮނުމުގެ ހުއްދަ ދޫކުރުން |
||
35 |
މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމުގެ ހުއްދަ ދޫކުރުން |
|
ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުން |
||
36 |
ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުން |
|
ދަނޑުވެރިކަމަށް ބިންދޫކުރުން |
||
37 |
ދަނޑުވެރިކަމަށް ބިންދޫކުރުން |
|
ތަކެތި ކުއްޔަށް ދޫކުރުން |
||
38 |
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކުއްޔަށް ދޫކުރުން |
|
39 |
ދޫގަސްގެ އިން ކޮޓަރިއާއި އެޕާޓްމަންޓް ކުއްޔަށް ނެގުން |
|
40 |
ކޭބަލް ޓީވީގެ ޚިދުމަތަށް އެދުން |
|
41 |
ކުނި ކެހުމަށް ގޮޅި ރަޖިސްޓްރީ ކުރުން |
|
42 |
އަންހެނުންގެ ތަރައްޤީޢަށް މަސައްކަތް ކުރާ ކޮމިޓީގެ ޖިމް ހިދުމަތައް އެދުން. |
|
43 |
ކުޅިވަރު ކުޅޭ ސަރަހައްދު ހޯދުން |
|
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން |
||
44 |
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން |
|
ކައުންސިލަށް ލިބޭ ހިލޭއެހީ |
||
45 |
ކައުންސިލަށް ލިބޭ ހިލޭ އެހީތައް ބަލައިގަތުން |
|
ރަސްމީ ޚިދުމަތް ތަކުގެ ގަޑިތައް |
||
46 |
ރަސްމީ ޚިދުމަތްތަކުގެ ގަޑިތައް |
|
ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ފާޑުކިޔުން ހުށަހެޅުން
- އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން ނުވަތަ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]މި އީ-މެއިލްގެ ޒަރީއާއިންނެވެ. ނުވަތަ އއ. މަތިވެރީ ކައުންސިލް އިދާރާއަށް އެޑްރެސްކޮށްފައި ސިޓީ އަދި އޮފީހުގެ އާންމު ނަންބަރު 6660058 ބޭނުންކުރެވިދާނެއެވެ.
- މީގެ އިތުރުން www.gov.mv ޕޯޓަލް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެއެވެ.
- ހުށަހެޅޭ ޝަކުވާގެ ކުޑަބޮޑުމިނަށް ބަލާ ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
- މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.
ގުޅުއްވުމަށް:
ފޯން ނަންބަރު: 6660058 |
އީ-މެއިލް: [email protected] |
ވައިބަރ: 7959849 |