ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/153
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:28
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކުނިކޮށީގައި އަލިފާން ރޯކުރާ މައްސަލައާ ގުޅޭ

ކުޅުދުއްފުށީ ސިޓީ ގެ ކުނިކޮށީގައި ޒަމާނުއްސުރެ ޖަމާވެފައިވާ ކުނިތައް ހުސްކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަންއާ ހަވާލުކުރެވިގެން އަންނަނީ ޕްރޮޖެކްޓެއް ކުރިއަށް ގެންދަމުންނެވެ. އެހެންކަމުން މިވަގުތު ކުނިކޮށި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ކުނިކޮށްޓަށް ކުނި އުކާލުމަށް ވަންނަ ބައެއް ފަރާތްތަކުން ކުނިކޮށީގައި އަލިފާން ރޯކުރާ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. މި ދުވަސްވަރަކީ އިރުވައި މޫސުންކަމުން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރި ސަރަހައްދުގެ ގެތަކަށާއި، މުއައްސަސާތަކަށް އަންނަނީ ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިވަމުންނެވެ.

ވިމާ، ކުނިކޮށްޓަށް ކުނި އުކާލުން ފިޔަވައި އެއްވެސް އެހެން ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް ނަސޭހަތްތެރިވަމެވެ. އަދި ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އިޢުލާންކޮށް އަންގަމެވެ. އަދި މި އިޢުލާންއާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. 

21 ޑިސެންބަރު 2021