ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD-IUL/2021/93
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 30 ޑިސެންބަރު 2021 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް- ރެކްރޫޓްމަންޓް ސެކްޝަން

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

-                

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC7-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/14140 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/281 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު -/4949 ރުފިޔާ (އަސާސީ މުސާރައިގެ %35)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރެކްރޫޓްމަންޓް ސެކްޝަނަކީ ސިވިލް ސަރވިސް އިދާރާތަކުގެ ރެކްރޫޓްމަންޓާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރަމުންގެންދާ ސެކްޝަނެވެ. މި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި އެވަނީއެވެ.
  1. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނުކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އެމައްސަލަތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތް ހިންގައި ބެލެހެއްޓުން.
  2. ސިވިލް ސަރވިސްގެ ވަޒީފާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ ކަންތައްތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ނިންމާ ގޮތެއްގެ މަތީން އެ މަސައްކަތްކުރުން.
  3. ސިވިލް ސަރވިސްގެ ރެކްރޫޓްމަންޓް ޕްރޮސެސްތަކުގެ ތެރެއިން ފާހަގަ ކުރެވޭ އާންމު ކަންތައްތަކާ އެކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި ކަމާގުޅޭ ސެކްޝަންތަކާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެކަންކަން ގެނަމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

 

  1. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑުއެކުލަވާލުމާއި ގުޅިގެން މުވައްޒަފުންގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި "ސީއެސް ވިއުގަ" ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  3. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާއި ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޒިންމާދާރުވެރިން އައްޔަން ކުރުމާއި ވަކިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. ޕަރމަނަންޓް ސެކްރެޓަރީން އަދި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ  ޕަރސަނެލް ފައިލްތަކާއި ހާޟިރީގެ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  6. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި އަދި ޒިންމާދާރު ވެރިންގެ އަހަރީ ޗުއްޓީ އަދި ރަސްމީ ދަތުރުތަކާ ގުޅޭ ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.
  7. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަދި  ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓްގައި  އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  8. ޕަރމަނަންޓް ސެކްރެޓެރީންނާ ޒިންމާދާރު އިސްވެރިންނާ ޒިންމާދާރުވެރިން އަދި  ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އިދާރާތަކުން ހުށަހަޅާ އަދި ކޮމިޝަނުގެ ކަމާބެހޭ ސެކްޝަނުން ފޮނުވާ މައްސަލަތައް ބަލައި، ފިޔަވަޅު އަޅައި، އިދާރާތަކަށް އެންގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  9. މުސްކުޅިކޮށް އިނާޔަތް ހަމަޖައްސާ މުވައްޒަފުންގެ އިނާޔަތުގެ ތަފްޞީލް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ފޮނުވުމާއި، އެ އޮފީހުން ޢިނާޔަތުގެ ސައްޙަކަން ކަށަވަރުކޮށްދިނުމަށް އެދި ފޮނުވާ މައްސަލަތައް ނިންމުމާއި، އެފަދަ ރިކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓެމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  10. ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  11. ވަޒީފާގެ ރެކޯޑަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެއާ ގުޅިގެން ވަޒީފާގެ ރެކޯޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކާގުޅިގެން ގެނައުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  12. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  13. ސިވިލް ސަރވިސްގެ މަގާމުތައް ރިޒާވްކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  14. ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުމުގައި ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  16. ރެކްރޫޓްމަންޓް ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން  ހަރުދަނާކުރުމަށް  ބޭނުންވާ ލަފާދިނުމާއި ބެލެހެއްޓުން.
  17. ރެކްރޫޓްމަންޓް ސެކްޝަނުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓިޖީތަކާއި އުސޫލުތަކާއި އެސް.އޯ.ޕީތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި އުސޫލުތަކާއި އެސް.އޯ.ޕީތައް ރިވިއުކުރުން.
  18. ރެކްރޫޓްމަންޓް ސެކްޝަނުގެ މުވައްޒަފުންގެ ތެރެއިން ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، ސުޕަވައިޒްކޮށް، މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ މުވައްޒަފުންނާމެދު ގަވާއިދުން ފިޔަވަޅު އެޅުން.
  19. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތަށް ނުގުނާ ގޮތަށް ދެވޭ ޗުއްޓީގެ ރެކޯޑުތައް އަދާހަމަކުރުމަށް ހުށަހަޅާ މައްސަލަތައް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  20. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  21. "ސީއެސް ވިއުގަ" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކުރުން.
  22. "ސީއެސް ވިއުގަ" އާ ގުޅިގެން ސަޕޯޓް އަށް އަންނަ މައްސަލަތައް ކަމާބެހޭ ފަރާތްތަކާގުޅިގެން ހައްލަކުރުން.
  23. މީގެ އިތުރުންވެސް ކޮމިޝަނުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 10 އަހަރުދުވަހު މަސައްކަތްކޮށް، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (%30)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ (ހިއުމަން ރިސޯސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާ) ތަޖުރިބާ (%5)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15%)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (%45)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 02 ޖެނުއަރީ 2022 އާ 20 ޖެނުއަރީ 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އައި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307356/3307362 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

21 ޑިސެންބަރު 2021