މަސައްކަތް
ނަންބަރު: IU/HB/2021/06
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 30 ޑިސެންބަރު 2021 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
މި އެސޯސިއޭޝަނާއި ގުޅިގެން 6 ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދުމަށް

އިއުލާން

 

   މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން، މި އެސޯސިއޭޝަނާއި ގުޅިގެން، މި މުބާރާތް ކުރިއަށް ގެންގޮސްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތަކީ، މުބާރާތުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ އެންމެ ފަރާތްތަކުން، މި އެސޯސިއޭޝަނާއި ގުޅިގެން މުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 30 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ކުރީން، މި އެސޯސިއޭޝަނުގެ މެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.

  ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި އެކު އެގްރީމެންޓް ހެދިގެން މުބާރާތް ހިންގުމަށް ރޭވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 9879555 ގުޅުއްވުން އެދެމެވެ.

             21 ޑިސެމްބަރ 2021

21 ޑިސެންބަރު 2021