ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/139
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 20 ޖަނަވަރީ 2022 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

          1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރަތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 02 ޖެނުއަރީ 2022 ން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމު 21 ޑިސެމްބަރ 2021 ން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

          ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާފޯމް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ފަގީރުންގެ ދަފްތަރުގައި ރަޖިސްޓުރީވުމަށް އެދި ހުށަހަޅާފޯމްތައް  އިވެލިއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.  

          މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 ޑިސެންބަރު 2021