ބީލަން
ނަންބަރު: Gs-163/IUL/2021/12
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 29 ޑިސެންބަރު 2021 13:30
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2022 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމާގުޅޭ

 

           1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް މީލާދީ 1 ( އެކެއް)  އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ޢިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

             މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

 

         މިކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1.30 ގައި މި ސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 1.30 ގައި މި ސްކޫލްގައެވެ.

 

         މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

         އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ރަސްމީ ގަޑީގައި 7952907 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.  

         ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި            " މ. ނާލާފުށީ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި " މިހެން ލިޔެވައި އޮންނަންވާނެއެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ޑިސެންބަރު 2021