ކުއްޔަށް ހިފުން
ނަންބަރު: ނަންބަރު:MNU-CA-FM/2021/58
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 29 ޑިސެންބަރު 2021 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު މީހުން ހޯދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދުވަހީގޮތެއް ކުރަންޖެހޭ އެކިއެކި މަސައްކަތްކުރާނެ މީހުން 01 އަހަރު ދުބަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.


 

           ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދުވަހީގޮތެއް ކުރަންޖެހޭ އެކިއެކި މަސައްކަތްކުރާނެ މީހުން 01 އަހަރު ދުބަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.

                    މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން  އޮންނާނީ  26 ޑިސެންބަރ   2021 ވާ  ދުވަހުގެ މެންދުރުފަހު  10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / އިދާރީ މަރުކަޒު ރައްދެބައިހިހިނގުން،މާލޭގައެވެ.

ބީލަން ބަލައިގަތުން

              ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  29 ޑިސެންބަރ  2021  ވާ  ދުވަހު 13:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ/ އިދާރީ މަރުކަޒު ރައްދެބައިހިހިނގުން،މާލޭގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

              ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

               މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.

  • 3345192 ،3345134

               އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
              ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި އޮންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

20 ޑިސެންބަރު 2021