ދިވެހިރާއްޖެ
ނަންބަރު:(IUL)262/262/2021/82
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރެޖިސްޓްރީ ވުމާއި ގުޅޭ
1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ވިމާ، މިއަދުން ފެށިގެން މިއިދާރާގެ ކައުންޓަރުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ލިބެން ހުންނާނެއެވެ. އަދި 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާގެ ކައުންޓަރުން ފޯމްތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމުގައި ދަންނަވަމެވެ.
ވީމާ،މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.