ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS-153/2021/19
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 09 ޖަނަވަރީ 2022 12:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ

                 ނަމްބަރު: FHS-153/2021/19

އިޢުލާން

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓް، ބެޗްލާރސް ޑިގްރީ އަދި މާސްޓާރސް ލެވެލްގެ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް  ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

Health Psychology (Level: 200)

Abnormal Psychology (Level: 300)

Physiotherapy Practice 1 (Level: 100)

Physiotherapy Practice II (Level: 200)

Exercise Science and Sports (Level: 200)

Management for Physiotherapist (Level: 300)

Neurological Physiotherapy II (Level: 300)

Rehabilitation Medicine (Level: 300)

Counselling in a Diverse Society (Level: 000)

Advanced Counselling Skills (Level: 000)

Counselling Theory (Level: 000)

Basic Laboratory Technology (Level: 000)

Haematology I (Level: 000)

Haematology II (Level: 100)

Child Health for Primary Health care (Level: 100)

Management of Disease III (Level: 200)

Computer Application in Health (Level: 100)

Health Economics (Level: 600)

Non-Communicable Disease Control (Level: 600)

Elective 5: Public health Nutrition (Level: 600)

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާއިން މާސްޓާސް ނުވަތަ ބެޗްލާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީ ( ކިޔަވައި ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް )

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓަށް ބެލުމާއިއެކު ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިފެކަލްޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން  އެދެމެވެ.  

ސުންގަޑު

09 ޖަނަވަރީ 2022 (އާދިއްތަ) ދުވަހުގެ 12:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

21 ޑިސެންބަރު 2021