ކުއްޔަށް ދިނުން
ނަންބަރު: (IUL)248-ED/248/2021/75
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 28 ޑިސެންބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ

     މިރަށު އިމަގުވެހި ގޯއްޗާއި،  އިންވެގެން  ބިޒްނަސް  ސެންޓަރުގެ އުތުރުން ދޫކޮށްފައިވާ ކުލީބިމުގައި ކޮށްފައިވާ އިމާރާތް ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު  (IUL)248-ED/248/2021/73 ( 12 ޑިސެންބަރު 2021 ) ގެ އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކޮށްފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޖެނުއަރީ 09 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެއްޅުވުން އެދެމެވެ.   

     މިކަމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަޑައިގަންނަވާއިރު، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށްވާނެއެވެ. ހަމަ އެހެންމެ ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

     ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ހއ.އިހަވަންދޫ އިމަގުވެހި ގޯއްޗާއި އިންވެގެން ބިޒުނަސް ސެންޓަރގެ އުތުރު ގައި ހުރި އިމާރާތް ކުއްޔަށް ހިފުމުގެ " ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.  

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޑިސެންބަރު 2021