ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ECMS/456/2021/199
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 09 ޖަނަވަރީ 2022 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން އިމާރާތް ކުރަމުންގެންދާ ގެސްޓްހައުސް އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ

ގެސްޓްހައުސް ހިންގުމަށް މިކައުންސިލުން އިމާރާތް ކުރަމުންގެންދާ މިރަށު ރައްކަލާމަގުގެ ހުޅަނގުކޮޅުގައި ހުރި އިމާރާތް، 25އަހަރުދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް މިކައުންސިލުވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 09 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2021