ބީލަން
ނަންބަރު: GS124/IUL/2021/34
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 30 ޑިސެންބަރު 2021 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

އިނގުރައިދޫ ސްކޫލް                                          

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ                                                

                                               

                                                     ނަންބަރ:GS124/IUL/2021/34  

އިޢުލާން

2022 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

                މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                މިސްކޫލުގެ GS124/IUL/2021/33 ނަންބަރ އިޢުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް، މިސްކޫލުގެ ބިޑް ކޮމެޓީއަށް ބޮޑުކަމަށް ފެންނާތީވެ، މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                ވީމާ، 01 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް މި ސްކޫލުގެ  ސެކިއުރިޓީ  ބަލަހައްޓައިދިނުމަށް    ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީގައި ނަންނޯޓްކޮށް، މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މި ސްކޫލު އޮފީހަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

                                             

ބިޑް ރަޖިސްޓްރީގައި ނަން ނޯޓްކުރުން

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

ތާރީޚް: 22 ޑިސެންބަރު 2021 ން 26 ޑިސެންބަރު 2021 ށް

ތާރީޚް: 28 ޑިސެންބަރު 2021 ( އަންގާރަ)

ގަޑި:   11:00

ތާރީޚް: 30 ޑިސެންބަރު 2021

( ބުރާސްފަތި )  

 ގަޑި:   11:00

 

 

                 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.            

                އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އެސްޓިމޭޓް ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 7978542/9812866 ނަންބަރާއި ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

                މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ވިޔަފާރި ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.

                 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                

 

 

 

 

                                                              

21 ޑިސެންބަރު 2021