ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2021/90
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 26 ޑިސެންބަރު 2021 00:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ކައުންސެލަރ

                  `

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                      

 

                     އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ކައުންސެލަރ

ރޭންކް:

ސީ 4

ކްލެސިފިކޭޝަން:

ސިވިލް ސްޓާފް

މުސާރަ:

މަހަކު -/6,720 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

މަހަކު  -/3,500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/3,024 ރުފިޔާ

ބޭނުންވާ އަދަދު:

03

މަސައްކަތް ކުރަންޖެހޭ ތަން:               

މާފުށި ޖަލު، އައްސޭރި ޖަލު، މާލެ ޖަލު، ހުޅުމާލެ ޖަލު، ހެޑް އޮފީސް

މަޤާމުގެ ޤިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:                        

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ކައުސެލިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  2. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދޫކުރާ ލައިސަންސް ލިބިފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ކައުންސެލިންގ ދޭންޖެހޭ މީހުންނަށް ކައުންސެލިން ދިނުން.
  2. ކައުންސިލިންގ ދެވޭ މީހުންނަށް އަންނަ ބަދަލުތައް ދެނެގަނެ ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރުން.
  3. މި ސަރވިސް އޮފިސަރުންނާއި މުވައްޒަފުންނަށް ކައުސިލިންގ ދިނުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުން
  4. އިދާރީ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލު ކުރެވޭ މަސައްކަތް ކުރުން.
  5. ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.
  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީ.
    • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
    • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
    • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
    • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
    • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
    • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2021 ޑިސެމްބަރު 26 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ.
    • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
    • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
    • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 30 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 30 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  %50 ( ފަންސާސް އިންސައްތަ)

 

 

މި އިޢުލާނާ ގުޅިގެން އިތުރު

މަޢުލޫމާތު ސާފުކުރުމަށް:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

     

 

21 ޑިސެންބަރު 2021