ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-HR/167/2021/92
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 26 ޑިސެންބަރު 2021 00:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވޮލޮޕާ

                   

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                        

                     އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ސޮފްޓްވެއަރ ޑިވޮލޮޕާ

 

ރޭންކް:

އައި.ޓީ 4

 

ކްލެސިފިކޭޝަން:

މެނޭޖީރިއަލް ޕްރޮފެޝަނަލް ސިވިލް އޮފިސަރސް

 

މުސާރަ:

މަހަކު  -/11,190 ރުފިޔާ

 

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް އެލަވްންސް:

މަހަކު  -/3,500 ރުފޔާ

މަހަކު  5,035/50 ރުފިޔާ

 

ބޭނުންވާ އަދަދު:

01

 

މަސައްކަތް ކުރަންޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމުގެ ޤިންތި:

ދާއިމީ

 

ފެންވަރު ނުވަތަ ޝަރުތު:        

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ސޮފްޓްވެއަރ ޑިޒައިނިންގ ދާއިރާއިން ދަށްވެގެން ޑިގްރީ ހާސިލްކޮށްފައި ވުމާއި އެކު ސޮފްޓްވެއަރ ޑިޒައިން ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ވޭތުވެދިޔަ 02 އަހަރު ދުވަހު މަޤާމާއި ގުޅޭ މަސައްކަތާ ދުރުގައި އުޅެފައިވާ މީހެއްކަމުގައި ނުވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ސަރވިސްގެ ސިސްޓަމް ތައް ތަރައްޤީ ކުރުމާއި އަދި ތަރައްޤީ ކުރުމަށް ބޭނުންވާނެ ކަންކަން ދެނެގަތުމާއި އެކު ސޮފްޓްވެއަރ ގެ ޑޮކިއުމެންޓޭޝަން ރަނގަޅަށް ބެލެހެއްޓުން.
  • ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަސައްކަތްތަކަށް ދަތި ނުވާނެ ހެން މައްސަލަތައް ހައްލު ކުރުމާއި ކަންކަން ރަނގަޅު ކުރުމުގައި އެކުގައި މަސައްކަތް ކުރުން.
  • ސޮފްޓްވެއަރ އަށް ބޭނުންވާނެ ބައިތައް ތައްޔާރު ކުރުމާއި ތަރައްޤީ ކުރުމާއި އިމްޕްލެމެންޓް ކުރުން.
  • މި ސަރވިސްއަށް ބޭނުންވާ ޢޭ.ޕީ.އައި އަދި އެހެނިހެން ޚިދުމަތްތަށް ތަރައްޤީ ކުރުން.
  • މި ސަރވިސްގެ މައި ވެބްސައިޓާއި އެހެނިހެން އޮންލައިން ސަރވިސް އަށް ދިމާވާ މައްސަލަތައް ހައްލު ކުރުމާއި ބެލެހެއްޓުން.
  • އައި.ޓީ ޑިވިޝަންގެ ހެޑް އަދި މެނޭޖްމަންޓްއިން ހަވާލު ކުރާ އެކިއެކި ޓާސްކްތައް ނިންމުން.
  • އައި.ޓީ ޑިވިޝަންއަށް ބޭނުންވާ ކުރިއެރުންތައް ހޯދުމުގައި ފުރިހަމައަށް އެއްބާރު ލުން ދިނުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

މަސައްކަތާއި ގުޅޭ ތަޖުރިބާ. (އިތުރު ތަފްސީލް ހިމެނޭ ޝީޓެއް އިޢުލާންގެ ފަހަތުގައި އެޓޭޗް ކުރެވިފައިވާނެއެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް އަދި ވަޒީފާއަށް ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 2021 ޑިސެމްބަރު 26 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  50% ( ފަންސާސް އިންސައްތަ)

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް އިޢުލާންގެ ފަހަތުގައި އެޓޭޗްކުރެވިފައިވާނެއެވެ.

 

 

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

 

           

 

 

21 ޑިސެންބަރު 2021