މަސައްކަތް
ނަންބަރު: (IUL)168-CA/1/2021/128
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 28 ޑިސެންބަރު 2021 11:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

އިޢުލާން

 

އަންދާސީ ހިސާބު ހޯދުން

 

ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ އެސްއޯޕީ ތަކާއި ޤަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި ކޮމިޝަނުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި ކޮމިޝަނުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށްގޮސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އަދި މިނޫންވެސް، ޤާނޫނީގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 1 އަހަރަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެންބަރު 2021 ވާ (އަންގާރަ) ދުވަހުގެ 11:00 އަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައި އިދާރާ (މ. ޗަނބޭލީވިލާ،  12 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2021

20 ޑިސެންބަރު 2021