ދިވެހިރާއްޖެ
އިޢުލާން
ދަމަނަވެށިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން 3(ތިނެއް) އަހަރުގެ މުއްދަތަށް ލެބޯޓްރީގެ ޚިދުމަތް އައުޓްސޯސް ކޮށްގެން ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލެވުނު ނަންބަރު: (IUL)23-AP/23/2021/72 01 އޭޕްރިލް 2021) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ޝަރުތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން މިކަމަށް ޝައުގު ވެރިވާ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުން 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރުފަހު 13:00 އާއި ދެމެދު [email protected] އަށް އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓަރ ޝީޓް ފުރުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓްސް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި "ދަމަނަވެށި / މަޖީދީމަގު" ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޖެނުއަރީ 2022 ވާ ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
16 ޖުމާދަލް އޫލާ 1443