ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2021/70
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

އިޢުލާން

 

1442 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެފުރުޞަތު 20 ޑިސެމްބަރ 2120 ފެށިގެން ހުޅުވާލެވިފައިވާތީ ދެންނެވީމެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު 20 ޖެނުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރީން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހެޅުމުގެ ފުރުޞަތު 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

"ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ.

20 ޑިސެންބަރު 2021