ދިވެހިރާއްޖެ
c
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2021/19
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން
1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. ފޯމް ބަލައިގަންނާނީ 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށެވެ. އަދި މިހާރުން ފެށިގެން ކައުންސިލް އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޖުމާދަލްޢޫލާ 1443
20 ޑިސެމްބަރ 2021