ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2021/112(IUL)
އިޢުލާން
ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން
1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ފަރާތުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށްއެދޭ ފަރާތްތަކަށް ފޯރމް ހުށަހެޅުމުގެ ފުރުޞަޠު 02 ޖެނުއަރީ 2022 ން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ބަލައިގަތުން، 02 ޖެނުއަރީ 2022 ން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:00 އަށް މި މިދާރާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ފޯމްގައިވާ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެއެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށްއެދޭ ފޯރމް 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެނގުމަށްޓަކައި އުޢުލާން ކުރީމެވެ.