ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2021/81
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 30 ޖަނަވަރީ 2022 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ހއ. ކެލާކައުންސިލާއި ގުޅިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

             މިކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުވުމަކީ ކެލާގެ ތަރައްޤީއަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ނަފާލިބޭނެ ކަމަކަށް ވީނަމަވެސް ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ތަރައްޤީގެ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް ދަތި ކަމެކެވެ. އަދި ހަމައެއާއިއެކު ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދީ މުޖްތަމަޢު ބާރުވެރި ކުރުމާއި ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ހޯދަ ދިނުމަކީ ކައުންސިލުގެ އަމާޒަކަށްވާތީވެ މިފަދަ ފަހި ފުރުޞަތުތަކަކަށް މަގުފަހި ކުރުމަށްޓަކައި ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ބިޒްނަސް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.

 

ޕްރޮޕޯސަލް ހުށަހެޅޭނެ ދާއިރާތަށް

  1. ޓޫރިޒަމް
  2. ޒަމާނީ ދަނޑުވެރިކަން
  3. ރެސިޑެންޝިއަލް، ކޮމާޝިއަލް ނުވަތަ އިންޑަސްޓްރިއަލް ރިއަލްއެސްޓޭޓް
  4. މެރިކަލްޗަރ  

              ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

29 ޑިސެމްބަރ 2021

ބުދަ

13:00

ޕްރޮޕޯސަލް ހުށަހެޅުން

30 ޖެނުއަރީ 2022

އާދީއްތަ

13:00

              މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ތިރީގައި އަންނަނިވި ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

(ހ)  ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިރައްޔިތެއްގެ ސޯލް ޕްރޮޕަރޭޓަރޝިޕަކަށްވުން، ނުވަތަ

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100% ( ސަތޭކަ އިންސައްތަ) ދިވެހި ހިއްސާވާ ޕާޓްނަރޝިޕަކަށްވުން، ނުވަތަ

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ

)ރ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏަކަށްވުން

(ބ) ވޭތިވެ ދިޔަ ފަސް އަހަރު ދުވަސްތެރޭ ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތްހެދުމާއި ފްރޯޑު ކުށެއް ސާބިތުވެފައިނުވުމާއި އެއްވެސް ހުކުމެއް ތަންފީޒުކުރަމުންދާ ގާނޫނީ ޝަޚުޞެއްކަމުގައި ނުވުން

(ޅ) އިފްލާސްކޮށްފައިވާ ޤާނޫނީ ޝަޚުޞަކަށް ނުވުން

 

ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައި ވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

ކައުންސިލަށް ނަފާ ލިބޭ މިންވަރު

40%

ކުންފުނީގެ މާލީ ޤާބިލުކަން

20%

ދާއިރާއިން ލިބިފައިވާ ތަޖްރިބާ

10%

ވިޔަފާރި އޮޕަރޭޝަނަލް ސްޓޭންޑަޑަށް ގެނެވޭނެ މުއްދަތު

30%

       

            މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެމްބަރ 2021  އިން 28 ޑިސެމްބަރ 2021  އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަން ރަޖިސްޓްރީ ކުރުމާއި އަދި މި ލިންކުން މެދުވެރިކޮށް: https://bit.ly/RegForm-Buss ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

20 ޑިސެންބަރު 2021