ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)377/377/2021/20
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 28 ޑިސެންބަރު 2021 10:30
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

c

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2021/20

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                 

ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބީޗްހައުސް ގޭގެ ބޭރު ވަށައިގެންވާ މަގުތައް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު: (IUL)377/377/2021/16 (07 ޑިސެމްބަރ 2021 ) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ރަޖިސްޓްރީ ކުރުން:

          އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ  ބައްދަލުވުން އޮންނާނީ 26 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.  

 

އަންދާސީ ހިސާބު ބަލައިގަތުން :

            މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުކުރުން:

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

16  ޖުމާދަލްޢޫލާ     1443

20 ޑިސެމްބަރ      2021

 

20 ޑިސެންބަރު 2021