ޢާންމު މަޢުލޫމާތު
ނަންބަރު: ‎(IUL)369-MS/369/2021/105‎
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 08 ޖަނަވަރީ 2022 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
‏ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމު ޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އެކުލަވާލާފައިވާ ‏‏މަސްވެރިކަމުގެ ދަފުތަރު އިތުރަށް ހަރުދަނާކޮށް އެރަށެއްގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްމެހާ ‏‏ފަރާތްތަކެއްގެ މަޢުލޫމާތު ހޯދުމަށް ބޭނުންވުން.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމު ޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އެކުލަވާލައްވާފައިވާ މަސްވެރިންގެ ދަފުތަރު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެމިނިސްޓްރީން ދަނީ ކުރައްވަމުންނެވެ.

ވީމާ މި ދެންނެވި ދަފުތަރު  އެކުލަވާލުމަށް ބޭނުންވާ މިރަށުގެ ދޯނިފަހަރުގައި އަދި ކުދި ޑިންގީފަދަ އުޅަނދު ފަހަރުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ހަރަކަތްތެރިވާ މަސްވެރިންގެ މަޢުލޫމާތު ނަމާއި، އެޑްރެސް، އައިޑީކާޑު ނަންބަރ، ފޯނުނަންބަރ  އަދި މަސްވެރިކަންކުރާ އުޅަނދުގެ ނަމާއި، ރަޖިސްޓްރީ ނަންބަރ ހިމެނޭގޮތަށް ލިސްޓް ކުރައްވައި 8 ޖެނުއަރީ 2021 ދުވަހުގެ 14:00 ގެ ކުރިން މި ކައުންސލަށް މެއިލް ކުރުން ނުވަތަ ވައިބަރ ކޮށްދެއްވުން އެދި އަންގައި ޢިއުލާން ކުރީމެވެ. ވައިބަރ ކުރައްވާނީ  7911345 ނުވަތަ 9775694 ނަންބަރަށެވެ.

20 ޑިސެންބަރު 2021