ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2021/68
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 20 ޖަނަވަރީ 2022 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ނަންހިމެނުމުގެ ފުރުޝަތު

      1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދިލައްވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޝަރު 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

      ފަގީރުންގެ ދަފްތަރުގައި ރެޖިސްޓަރީވުމަށް އެދި ހުށަހަޅަ ފޯމް 20 ޑިސެމްބަރ 2021 ދުވަހުންފެށިގެން މިކައުންސިލްގެ އިދާރާ އިން ލިބިވަޑައިގަންނަވާނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި 02 ޖެނުއަރީ 2022 އިންފެށިގެން، ފަގީރުންގެ ދަފްތަރުގައި ރެޖިސްޓަރީވުމަށް އެދޭ ފޯމް ބަލައިގަތުމަށް ފަށާނެ ވާހަކަ ދަންނަވަމެވެ.

      ވީމާ 1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް އެދިލައްވާ ފަރާތްތަކުން 20 ޖެނުއަރީ 2022 ދުވަހުގެ 13:00 ގެ ކުރިން ފަގީރުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނުމަށް އެދޭ ފޯމް ފުރިހަމަކުރައްވާ، ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ކަން އާންމުކޮށްއަންގާ އިއުލާންކުރީމެވެ.

20 ޑިސެންބަރު 2021