ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2021/60
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި:
20 ޖަނަވަރީ 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުން
1443 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިގޮތުން 2021 ޑިސެމްބަރ 21 ވަނަ ދުވަހުން ފެށިގެން ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފޯމް މި އިދާރާއިން ދޫކުރަމުން ގެންދާނެއެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާ ލެވިފައެވެ.
"ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު" ދުކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށެވެ.
16 ޖުމާދަލްޢޫލާ 1443
20 ޑިސެންބަރު 2021