ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL/329/329/2021/63
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 29 ޑިސެންބަރު 2021 14:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލަށް މީހުން ހޯދުން.

ވޭޖް ޕޫލަށް މީހުން ހޯދުން.

          މިރަށު މިސްކިތްތްކުގެ އިމާމުން، މުދިމުން އަދި މަސައްކަތުމީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާޗުއްޓީ އަދި  ސަލާމް ނަންގަވާ ޙާލަތްތަކުގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، ވޭޖުޕޫލްގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޑިސެމްބަރ 2021 ވާ ބުދަދުވަހުގެ 14:00 ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

 

ވޭޖް/ޕޫލް މަޤާމުތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް

#

މަޤާމް

ރޭންކު

މަސައްކަތްކުރާ ގަޑިއަކަށް

1

އިމާމު ސަނަދު އޮންނަމީހަކަށް( ނަމާދުކުރާ ވަގުތަކަށް)

GS3

61.00 ރުފިޔާ

2

މުދިމް ސަނަދު ނެއްމީހަކަށް ( ނަމާދުކުރާ ވަގުތަކަށް)

GS1

53.00 ރުފިޔާ

3

މަސައްކަތު ( ނަމާދު ވަގުތަކަށް)

SS1

45.00 ރުފިޔާ

 

     އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ 6620075 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

           26 ޖުމާދިލްއޫލާ 1443

           20  ޑިސެމްބަރ 2021

20 ޑިސެންބަރު 2021