ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2021/43
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:25
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ފައިސާ ބަލައިގަތުމާއި ގުޅޭ
މިއިދާރާގެ ކައުންޓަރުން ނަގުދުން ފައިސާ ބަލައިގަތުމުގައި އެއް ރަސީދަކަށް އެއް ސަތޭކަ ފައިސާ ފޮއްޗަށްވުރެ (ކޮއިންސް އަށްވުރެ) ގިނައިން ބަލައިނުގަންނަ ގޮތަށް ނިންމައިފީމެވެ.
މިގޮތަށް ނިންމަންޖެހުނީ މިއިދާރާގައި ގިނަ ޢަދަދެއްގެ ފައިސާ ރައްކާކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިނެތުމާއި އަދި މިއިދާރާއަށް ބަލައިގަންނަ ކޮއިންސް ބޭންކަށް ޖަމާކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި ގުޅިގެންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ. އަދި މިބަދަލާއި ގުޅިގެން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.
20 ޑިސެންބަރު 2021