ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2021/368ނ
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 27 ޑިސެންބަރު 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސާފުރާއްޖެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްސް "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ފިނޭންސް އޮފިސަރ

 

ސާފުރާއްޖެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްސް
"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ފިނޭންސް އޮފިސަރ

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ  އިން ކުރިއަށްގެންދާ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެކެއް (01) ފިނޭންސް އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.

ފިނޭންސް އޮފިސަރގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތު، ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާއި އެއްގޮތްވާގޮތުގެ މަތިން މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ހިންގުމާއި ހަވާލުވެފައިވާ ފަރާތަށް ޕްރޮޖެކްޓްގެ ޢަމަލީ ސިފަ ގެނައުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ޕްރޮޖެކްޓްއާއި ބެހޭގޮތުން މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.


ފިނޭންސް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:

  • ފައިނޭންސް، އެކައުންޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު، މަދުވެގެން 5 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

 

މި މަޤާމަށް މީހަކު ނެގުމުގައި އިސްކަންދެވޭނެ ކަންތައް:

  1. ޕްރޮޖެކްޓްފައިނޭންސް އާއި ގުޅޭ މަސައްކަތްތަށް މެނޭޖްކުރުމުގެ ނުވަތަ ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  2. ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި،ބޭރުގެ ފައިނޭންސިންގ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  3. އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި އަހުލުވެރިވެފައިވުން.
  4.  އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 
  5. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
  6.  މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

 

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

މި މަޤާމުގެ މުސާރައާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 28,800.00 ރުފިޔާ ލިބޭނެއެވެ.

 

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • ކުރީގައި ވަޒީފާ އަދާކޮށްފައިވާ ގޮތާއި ބެހޭގޮތުން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިއުންތައް.
  • ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ. [

 

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018329

 

އިތުރު މަޢުލޫމާތު:

މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 އަށް ގުޅުންވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް ހޮވޭފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ މަތީގައި ދަންނަވާފައިވާ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ. އެހެންކަމުން ވަޒީފާއަށް ހޮވޭ ފަރާތްތަކުން ގިނަވަގުތު މަސައްކަތް ކުރުމާއި މަޝްރޫޢުގެ ރަށްތަކަށް ދަތުރުތައްކުރުމުގެ ޤާބިލްކަންހުންނަން ޖެހޭނެއެވެ.

ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަޝްރޫޢުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ އަދި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުންނަންޖެހޭނެއެވެ.

 

 

 

                             20 ޑިސެމްބަރ 2021

20 ޑިސެންބަރު 2021