ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)249-A/249/2021/79
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 09 ޖަނަވަރީ 2022 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ހއ. ކެލާގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދުމާއި ގުޅޭ

                 ކެލާގައި އުފެދޭކުނި މެނޭޖްކުރުމަށް 2.5 ޓަނު ނުވަތަ އެއަށްވުރެ ބޮޑު ޕިކަޕެއް ކެލާ ކައުންސިލަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

30 ޑިސެމްބަރ 2021

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުން

9 ޖެނުއަރީ 2022

އާދިއްތަ

13:00

 

              މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު

-          ވެހިކަލްގެ ކަނޑިޝަން

-          ވޮރަންޓީގެ މުއްދަތު

-          ރަޖިޝްޓރޭޝަން ނިންމައި ވެހިކަލް ކައުންސިލާއި ހަވާލު ކުރާނެ މުއްދަތު

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރ 2021  އިން 29 ޑިސެމްބަރ 2021 އަށް  ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމާއި އަދި މި ލިންކުން މެދުވެރިކޮށް:https://bit.ly/Bidform-Vehicle  ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މައުލޫމާތު ކަރުދާސް 20 ޑިސެމްބަރ 2021 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

                     19 ޑިސެމްބަރ 2021

19 ޑިސެންބަރު 2021