ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2021/64
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނައަހަރު ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ފުރުޞަތު ހުޅުވާލުމާއިބެހޭ

1442 ވަނައަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

              އަދި ވޭތުވެދިޔަ އަހަރު ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އެފަރާތްތައް ވާނީ 1442 ވަނައަހަރުގެ ފަޤީރުންގެ ލިސްޓްގައި ހިމެނިފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ފޯމް ދޫކުރުން

20 ޑިސެންބަރު 2021 އިން 01 ޖަނަވަރީ 2022 އަށް

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައިގަތުން

02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 އަށް

 

ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްތަކައި އިޢުލާމް ކުރީމެވެ.

20 ޑިސެންބަރު 2021