ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/138
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:39
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ފާޑުކިއުނ ހުށަހެޅުން

އިޢުލާން

           މި ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލައި ޢާންމުކޮށްފައިވާ ސަރވިސް ޗާރޓަރަށް، ތިރީގައި ދެންނެވިފައިވާ އިޞްލާހް ވަނީ ގެނެވިފައިއެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި،ފާޑުކިޔުން ހުށަހެޅުން

މި އިދާރާއިން ދޭ ޚިދުމަތްތަކާއި ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މިއީމެއިލްގެ ޒަރިއްޔާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ 5 ދުވަސް ތެރޭގައި ޖަވާބުދެވޭނެއެވެ. މީގެއިތުރުން ކައުންސިލްގެ ނަންބަރު 6642024 އަށް ގުޅައިގެން އަދި www.gov.mv މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2021